70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދައިފި، ހުޅުމާލޭގައި ޚާއްސަ ހޮސްޕިޓަލެއް އަޅަނީ

70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދައިފި، ހުޅުމާލޭގައި ޚާއްސަ ހޮސްޕިޓަލެއް އަޅަނީ

Author
އަހުމަދު
23 ޖޫން 2026 10:19
0

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާކަމަށް ސިއްޙަތާ ބެހޭ ވަޒީރު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ހުޅުމާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން 2025 ގެ ނިޔަލަށް ސައިކޭޓްރިސްޓުންގެ އެހީތެރިކަން ހޯދި މީހުންގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ، މިއީ ވަކި ޚާއްސަ ފަރުވާތަކެއް ދޭންޖެހޭ ދާއިރާއަކަށްވެފައި، މިކަމަށް ބޭނުންވާ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ވަސީލަތްތައް އެންމެ ފަސޭހައިން ލިބެން ހުރީ މި ސަރަހައްދުގައި ކަމަށްވާތީ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.