ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

Author
އަހުމަދު
23 ޖޫން 2026 10:16
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ "އަމާން ދޯދި 5″ ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 23:14 ހާއިރުއެވެ. ހާދިސާގައި އަނިޔާވި ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗްއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާއަށް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.