އަމިއްލަ މަންމަ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ކޮތަރިވިލާ، އުމުރުން 36 އަހަރުގެ މުޙައްމަދު ސުނާހް އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިއްޔެ ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ސުނާހް އޭނާގެ މަންމަ ގައިގައި ތަޅައި އަނިޔާކުރުމަށްފަހު ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ފުލުހުން ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް، ކޯޓުގައި އޭނާ ވަނީ މަންމަ ގައިގައި ޖަހާފައި ނުވާނެ ކަމަށް ބުނެ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިންވެސް ފުލުހުންގެ ހައްޔަރާއި ބަންދުގެ ރެކޯޑު އޮންނަ މީހެއްކަން ކޯޓު އަމުރުން އެނގެން އޮވެއެވެ.
ކޮމެންޓު ފޮނުވާ