އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

Author
އަހުމަދު
13 ޖޫން 2026 12:58
0

އިންޑިއާގެ އާސާމްގެ ޖޯރްހާޓްގައި ހުންނަ އެއާފޯސް ސްޓޭޝަނަށް ޖައްސަން އުޅުމުގެ ތެރޭގައި، އެ ގައުމުގެ އަސްކަރީ މުދާ އުފުލާ މަތިންދާބޯޓެއް މިއަދު ހެނދުނު ވެއްޓިއްޖެއެވެ.

އެއާފޯސް ސްޓޭޝަންގެ ސަރަހައްދު ތެރެއަށް ބޯޓު ވެއްޓުމާއެކު އޭގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ކުއްލި އެހީދޭ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. އިންޑިއާގެ ވައިގެ ބާރުން (އައިއޭއެފް) އިން މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދިން ނަމަވެސް، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ވެއްޓިފައިވަނީ އިންޑިއާގެ ވައިގެ ބާރުގައި އެންމެ ގިނައިން ބޭނުންކުރާ އެއް މަރުކާ ކަމަށްވާ އޭއެން-32 ގެ ބޯޓެކެވެ. މިއީ ސޯވިއެޓް ޔޫނިއަނުން އިންޑިއާއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، 50 ފަސިންޖަރުން ނުވަތަ 7.5 ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ދެ އިންޖީނުލީ ބޯޓެކެވެ. މީގެ މަސްތަކެއް ކުރިން ވެސް އާސާމްގެ ކަރްބީ އަންގްލޮންގް ސަރަހައްދަށް ސުކޯއީ އެސްޔޫ-30 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވެއްޓި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ. އިންޑިއާގެ އެއާފޯސް އިން މިހާރު ދަނީ މިއަދުގެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.