ވޯޓާސް ލިސްޓު އޮޅުވާލައި ވޯޓު ފޮށި ފަޅާލުމަކީ ޑިމޮކްރަސީއެއް ނޫން: މީކާއިލް

ވޯޓާސް ލިސްޓު އޮޅުވާލައި ވޯޓު ފޮށި ފަޅާލުމަކީ ޑިމޮކްރަސީއެއް ނޫން: މީކާއިލް

Author
ހުސެއިން
12 ޖޫން 2026 08:58
0

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމުހެ ހައްގު ބައެއްގެ ކިބައިންނިގުޅައިގަނެވިފައިވާ ކަމަށް އެމްޑީޕީހެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ތުހުމަތުކުރައވައިފިއެވެ.

ވޯޓު ލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވ އިންޓަވިއުއެއްގައި މީކާއިލް ވިދާޅުވީ ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ ބައެއް މެމްބަރުން ލިސްޓުން އުނިކޮށްފއިވާ ކަމަށެވެ. އަދި އަނެއް ބައި ރަށްރަށުގައ ވޯޓު ފޮށި ފަޅާލައި، ފަޅާލެވިފައިވާ ފޮއްޓަށް ވޯޓު ލަމުންދާ ތަންވެސް ފެނިގެންދިޔަ ކަމަށް މީކާއިލް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން މިއީކީ” ކަމަށް ވިދާޅުވަމުން، ޑިމޮކްރަސީ ހަރުދަނާކުުރުމަށް ޕާޓީ ތެރޭގައިވެސް ޑިމޮކްރަސީ ދިރިގެން ދިޔުމަކީ ލާޒިމު ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި ވޯޓުލުމުގެ ކަކަން ހިނގަމުންދާ ގޮތް ބެލުމަށް އިލކްޝަންސް ކޮމިޝަނަށް މީކާއިލް ގޮވާލެއްވިއެވެ.

މި އިންތހާބުގައި މީކާއިލްގެ ވާދަވެރިއަކީ ކުރީގެ ރައީސް މުހައްމދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.