ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ރައީސްއާއި ބައްދަލުވެފައިވޭ، ނަމަވެސް ރިސްކު ކުޑަ

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ރައީސްއާއި ބައްދަލުވެފައިވޭ، ނަމަވެސް ރިސްކު ކުޑަ

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 10:49
0

މީޑިއާ ކައުންސިލުން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި މީހަކު ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާފައިވާކަމަށާއި، ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ބަލި ޖެހުމުގެ ރިސްކު ކުޑަކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، މީޑިއާ ކައުންސިލުން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވެފައިވާ މީހެއް ރައީސްއާއި ބައްދަލުވެފައިވާކަން އެނގިފައިވަނީ އެބައްދަލުވުން ނިމުނުފަހުންކަމަށާއި، ނަމަވެސް އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑާ އެއްގޮތަށްކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ތިއްބެވީ މާސްކު އަޅުއްވައިގެންކަމަށާއި، ގައިދުރުކަންވެސް ބަހައްޓަފައިހުރުމުން އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭނެކަމަށެވެ. އަދި އެހުރިހާ ބޭފުޅުންނަށް ބަލިޖެހުމުގެ ރިސްކު ކުޑަކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލް މެންބަރަކު ކޯވީޑް-19އަށް ޕޮޒިވްވެފައިވާއިރު އޭނާއާއި ކޮންޓެކްޓްވި އެ ކައުންސިލްގެ 5 މެންބަރަކު ވަނީ ކަރަންޓިންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.