ރާއްޖެއިން މިއަދުވެސް އިތުރު 48 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 14،325 އަށް އިތުރުވެއްޖެއެވެ.
އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަލަށް ޕޮޒިޓިވްވި 48 މީހުންގެ ތެރެއިން 14 މީހުން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުންނެވެ. މާލެ ސަރަހައްދުން 19 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވިކަމަށް ހާމަކޮށްފައިވަނީ 15 މީހުނެނެވެ.
މިއާއެކު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 14،325އަށް އިތުރުވެ އެކްޓިވް ކޭސްތަކުގެ ޢަދަދުވަނީ 800 އިން މައްޗަށްށް އަރާފައެވެ. އެގޮތުން 806 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ކޯވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވާފަދަ މަންޒަރުތަކެއް ފެންނަންފަށާފައިވާއިރު، މިބަލީގައި އެޑްމިޓްކޮށްގެން 58 މީހުންނަށްދަނީ ފަރުވާދެމުންނެވެ.
ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ބަލިން އަލަށް ރަނގަޅުވެފައިވަނީ25 މީހުންނެވެ. މިއާއެކު މިހާތަނަށް 13،463 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19 ދެނެގަތުމައްޓަކައި ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 3،314ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 351،808 އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ