ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ މެދުވެރިވީ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާގެ ސިކުނޑީގެ ނާށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު އަންނަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އަނިޔާވި މީހާއަކީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭ މީހެކެވެ. އަދި އޭނާއަށް މި ހިތާމަވެރި ހާދިސާ ކުރިމަތިވީ ޗުއްޓީއަކަށް މާލެ އައިސް އުޅެނިކޮށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ