ގދ. ގައްދޫ ކައިރިއަށް އެންނަގަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ކައިރިއަށް އެންނަގަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Author
އަހުމަދު
07 ޖޫން 2026 10:21
0

ގދ. ގައްދޫ ކައިރިއަށް އެން ހިފަން މޫދަށް ފޭބި ފަހުން ގެއްލުނު މީހަކު، މޫދު އަޑިން މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްހާގް ރަޝީދު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏަކުން އެން ނެގުމަށްޓަކައި އޭނާ ޑައިވިންނަށް ފޭބި ފަހުން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 05:40 ހާއިރު އެވެ.

އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނުނުއިރުވެސް ވަނީ މަރުވެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.