އިސްރާއީލަށް ދަތުރުކޮށްދިނުމަށް ދެކޮޅު ހެދި ޕައިލަޓް ސަސްޕެންޑް ކުރި ވާހަކަ އެމިރޭޓްސްއިން ދޮގުކޮށްފި

އިސްރާއީލަށް ދަތުރުކޮށްދިނުމަށް ދެކޮޅު ހެދި ޕައިލަޓް ސަސްޕެންޑް ކުރި ވާހަކަ އެމިރޭޓްސްއިން ދޮގުކޮށްފި

Author
ހުސެއިން
15 ޖެނުއަރީ 2021 07:21
0

ޔުނައިޓްޑް އަރަބި އެމިރޭޓްސްގެ ގައުމީ އެއަރލައިން ކަމުގައިވާ، އެމިރޭޓްސް އެއަލައިންގެ ފްލައިޓް، އިސްރާއީލު ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް ދެކޮޅު ހެދި ޕައިލެޓަކު ސަސްޕެންޑްކުރި ވާހަކަ އެއަރލައިނުން ދޮގުކޮށްފިއެވެ.

އެމިރޭޓްސް އެއަރލައިނުން ބުނެފައިވަނީ، ފަތުތަމުންދާ ޚަބަރަކީ ފޭކް ޚަބަރެއް ކަމުގައެވެ.

އެއެއަރލައިނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، "އެމިރޭޓްސް އެއަރލައިނުގައި މިނަންކިޔާ ޕައިލެޓަކުން މަސައްކަތް ކުރަމުން ނުދޭ، އަދި ފެތުރެމުންދާ ޚަބަރަކީ މުޅިން ދޮގު ޚަބަރެއް،" ކަމުގައެވެ.

އެމިރޭޓްސްގެ އެއަރލައިންގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޓީއުނީޝިއާގެ ރައްޔިތެއްކަމުގައިވާ، މޯނެމް ސާހިބް އަލް-ތަބާ ބުނެފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވަނީ، އެއަރލައިނުން އޭނާ މަސައްކަތުން އެކަހެރިކޮށްފައިވަނީ، އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް އޭނާ ދެކޮޅު ހެދުމާ ގުޅިގެން ކަމުގައެވެ.

"ޕައިލެޓެއްގެ ގޮތުގައި އަހަރެން ކުރަމުން އައި މަސައްކަތްތަކުން، އެމިރޭޓްސް އެއަރލައިނުން އަހަރެން އެކަހެރި ކޮށްފައިވަނީ، އެއަރލައިން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ކުރަން އޮތް ދަތުރަށް އަހަރެން އެއްބާރުލުން ނުދީގެން… އަހަރެން ހަމައެކަނި ވާގި އެދޭ ފަރާތަކީ ހެއްދެވި ފަރާތް…އަހަރެން އަމަލު ކުރި ގޮތާ ގުޅޭގޮތުން އެއެވެސް ވަރަކަށް ހިތާމައެއް ނުކުރަން،" އަލް-ތަބާ އޭނާ ފޭސްބުކުގައި ލިޔެފައިވާކަމަށްވެސް މިޑްލްއީސް މޮނިޓަރ ނަމަކަށްކިޔާ ނޫސްހަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްރާއީލުގެ ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް ޓިއުނީޝިއާގެ ރައްޔިެއްކަމުގައިވާ އަލް-ތަބާ ދެކޮޅު ހަދާފައިވާ ކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ، ފަލަސްތީނުގައި ނެރޭ ނޫހެއްކަމުގައިވާ އަލް ޤުދުސް އަލް އަރަބް ނޫހުންނެވެ.

މިޚަބަރު ބައެއް ނޫސްތަކުގައި އާންމުވާން ފެށުމާއެކު، ދުނިޔޭގެ ބޮޑެތި ބައެއް ނޫސްތަކުންވެސް އެމިރޭޓްސްއިން މިކަން ޔަގީން ކުރުމަކާ ނުލާ، މިޚަބަރު ވަނީ އެނޫސްތަކުގައި ރިޕޯޓު ކޮށްފައެވެ. އަދި ޓިއުނީޝިއާގެ ސިޔާސީ އިސް ފަރާތްތައްވެސް ހިމެނޭ ގޮތުން އެތައް ބަޔަކުވަނީ، ޔޫއޭއީއާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހި ކުރުމަށް ނިންމި ނިންމާ ދެކޮޅަށް އޭނާ މިނިންމި ނިންމުމާ ގުޅިގެން އަލް-ތަބާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ދެން އެމިރޭޓްސް އެއަރލައިން ދަތުރު ނުކުރާނެ ކަމަށްވެސް ބުނެފައެވެ.

ފާއިތުވެދިޔަ އަހަރު، ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށްފަހު، ބަހުރެއިންއާއި، ސޫދާން އަދި މޮރޮކޯއިންވެސް ވަނީ އިސްރާއީލާއެކު ގުޅުން އުފެއްދުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ޓިއުނީޝިއާއިން ކުރިން ބުނެފައިވަނީ، އެގައުމުން އިސްރާއިލާއެކީ ގުޅުން ރަގަޅުކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހަށް އަންނަ އެއްވެސް ބަދަލަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްކަށް އެގައުމުން ކުރަމުން އަންނަ ތާއީދަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް ޓިއުނީޝިއާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.