އިސްލާމީ ވުޒާރާގެ ލީޑަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ވުޒާރާގެ ލީޑަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
04 ޖޫން 2026 10:51
0

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ހިނގާ މަހުގެ 5 އަދި 6 ވާ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ހޯލުގައެވެ.

އިސްލާމީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، މި ޕްރޮގްރާމްގައި އިސްވެރިކަމުގެ ހުނަރުތަކާ ގުޅޭ މުހިންމު ސެޝަންތަކެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ލީޑަރޝިޕް ހުނަރު ދައްކައިދޭ 10 ބައިވެރިއަކަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ" ގެ ޝަރަފުވެރި ލަގަބު އެރުވުމަށްވެސް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޫގަލް ފޯމެއް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.