ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފި

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފި

Author
އަހުމަދު
01 ޖޫން 2026 04:37
0

ގއ. ވިލިނގިލީގައި ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ މައްސަލައެއްގައި ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވިލިނގިލީ ޕޮލިސް ގުޅިގެން 2026 މެއި 28 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަނީ އެރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 66.92 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމްގެ ބްރައުން ޝުގަރ އާއި 13.01 ގްރާމްގެ މެތަފެޓަމިންއެވެ.

މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، އެތެންސް، އުމުރުން 25 އަހަރުގެ މުޙައްމަދު ޢަޠޫފް ޙަބީބް އަދި އެރަށު ދެތަޑިމާގެ، އުމުރުން 20 އަހަރުގެ މުޙައްމަދު ރާއިފް ޙުސައިންއެވެ. މުޖުތަމަޢުގެ ސަލާމަތަށްޓަކައި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެވުނު އައު އިޞްލާޙުތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކުށްތަކަށް ހުށަހެޅޭ (އެކްސްޕްލޮއިޓް ކުރެވޭ) ކުދިން ސަލާމަތްކޮށް އެކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލަ މިހާރު ދަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.