މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށްފަހު، މި މަހުގެ ތެރޭގައި އެ އަދަދު 2.6 އިންސައްތަ އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން އާދެއެވެ. ފަތުރުވެރިން އަންނަ މިންވަރު އަލުން މައްޗަށް ޖެހިލުމުގެ މައިގަނޑު އެއް ސަބަބަކީ، ދަތުރުތައް މެދުކަނޑާލާފައި އޮތް ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް އާއި އެމިރޭޓްސް އިން އަލުން ރާއްޖެއަށް ދަތުރުތައް ފެށުމެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 141,339 ފަތުރުވެރިންނެވެ. އޭގެ ފަހަތުން ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިންގެ އަދަދު އިތުރަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ