މީޑިއާއާއި ގުޅުން ރަނގަޅުކުރުމަށް ރައީސް، ތަރުޖަމާނާ މަޝްވަރާ ކުރައްވައިފި

މީޑިއާއާއި ގުޅުން ރަނގަޅުކުރުމަށް ރައީސް، ތަރުޖަމާނާ މަޝްވަރާ ކުރައްވައިފި

Author
ޢަލީ އާދަމް
14 ޖެނުއަރީ 2021 02:35
0

މީޑިއާ ތަކާއި ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއަހަރު އައްޔަން ކުރެއްވި މަބްރޫކް އަޒީޒާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލަޙް މަޝްވަރާކުރައްވައިފިއެވެ.

މަބްރޫކްގެ އަމިއްލަފުޅު ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާތަކާއި އާންމުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތްތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި މިއަދު މަޝްވަރާ ކުރައްވާފައި ވާކަމަށެވެ.

އެގޮތުން ފެބްރުވަރީ މަހުންފަށައިގެން ދާއިމީގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށާއި ރައީސްއޮފީހުގެ ފަރާތުން ނޫސްވެރިން ބޭނުންވާނެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި މީޑިއާތަކުން ރައީސް އޮފީހަށް ހާއްސަކުރާ ނޫސްވެރިންގެ ޓީމް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަން މަބްރޫކްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް އައްޔަންކުރައްވާފައި ވަނީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މަބްރޫކް މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ އަންޑަރސެކްރެޓަރީގެ މަގާމުގައެވެ. އަދި ކޯވިޑް-19ގެ ހާލަތާގުޅިގެން އުފެއްދި އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ސްޕޯކްސް ޕަރސަންގެ ގޮތުގައި ވެސް މަބްރޫކް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.