ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަށް 19 ފާމަސިސްޓުން ހޯދަނީ

ސްޓޭޓް ފާމަސޫޓިކަލް ކުންފުންޏަށް 19 ފާމަސިސްޓުން ހޯދަނީ

Author
އަހުމަދު
20 މެއި 2026 10:02
0

ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނީގެ ވަޒީފާތަކަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފިއެވެ.

މާލޭގައި މަސައްކަތްކުރުމަށް ފާމަސިސްޓުންނާއި އެސިސްޓެންޓުންގެ ގޮތުގައި ޖުމްލަ 19 މީހަކު ހޯދާއިރު، މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. މި ވަޒީފާތަކުގެ މައިގަނޑު ޝަރުތަކީ ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، އެ ދާއިރާއިން 1 އަހަރާއި 4 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުމެވެ. މި މަގާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދެކެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ގެނައުމުގެ މަސައްކަތް މިހާރު އެސްޓީއޯއިން ކުރަމުންދިޔަ ނަމަވެސް، ރާއްޖެއިން ބޭސް ހުސްވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ދަށަށް މި ހުރިހާ މަސައްކަތެއް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުވާނެއެވެ.

މި ބަދަލާއެކު، އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިން އައިޖީއެމްއެޗްގައި އެސްޓީއޯގެ ފުރަތަމަ ބޭސްފިހާރަ ހިންގި އިމާރާތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.