އަމީތާބް ބައްޗަން ހޮސްޕިޓަލުން ދޫކޮށްލައިފި، ދިޔައީ ރޫޓިން ޗެކަޕަކަށް

އަމީތާބް ބައްޗަން ހޮސްޕިޓަލުން ދޫކޮށްލައިފި، ދިޔައީ ރޫޓިން ޗެކަޕަކަށް

Author
އަހުމަދު
20 މެއި 2026 10:01
0

ބޮލީވުޑްގެ މެގަސްޓާ އަމިތާބް ބައްޗަން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ހޮސްޕިޓަލަށް ދިޔައީ އާއްމުކޮށް ކޮންމެ މަހަކު ހަދާ ރޫޓިން ޗެކަޕަކަށެވެ.

އަމީތާބް ބައްޗަން ހޮސްޕިޓަލުގައި އެޑްމިޓްކުރި ޚަބަރާއެކު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިގެންދިޔައެވެ. ފުރަތަމަ ފެތުރުނު ރިޕޯޓުތަކުގައި ބުނެފައިވަނީ، ނާނަވަތީ ހޮސްޕިޓަލުގެ ވީއައިޕީ ވިންގުގައި އޭނާއަށް ފަރުވާދޭން ފެށީ ބަނޑުގައި ރިއްސާތީކަމަށާއި، ދަރިފުޅު އަބީޝެކް ބައްޗަންވެސް ހޮސްޕިޓަލަށް ޒިޔާރަތްކުރި ކަމަށެވެ. ސިއްހީ ހާލަތާ ގުޅޭގޮތުން ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެން އަމީތާބް ވަނީ އޭނާގެ ސަޕޯޓަރުންނަށް ޚާއްސަކޮށް ބްލޮގް ޕޯސްޓެއްވެސް ކޮށްފައެވެ.

ނަމަވެސް ފަހުން އެންޑީޓީވީންނާއި އިތުރު ރިޕޯޓުތަކުން ވަނީ އޭނާ ހޮސްޕިޓަލަށް ދިޔައީ އެއްވެސް ބޮޑު ބައްޔެއް ވެގެން ނޫންކަން ކަށަވަރުކޮށްދީފައެވެ. އެއީ ހަމައެކަނި އާއްމު ޗެކަޕެއްކަމަށާއި މިހާރު އޭނާ ހޮސްޕިޓަލުން ގެއަށް ގޮސްފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އުމުރުން ދުވަސްވެފައިވީ ނަމަވެސް ފިލްމީ މަސައްކަތްތަކުގައި އަދިވެސް ހަރަކާތްތެރި އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކަލްކީ އޭޑީ 2898″ ގެ ސީކުއެލްއިންނެވެ. މި ފިލްމުގައި އޭނާ އަދާކުރާނީ އަޝްވަތަމާގެ ރޯލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.