ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3000 އިން މައްޗަށް

ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3000 އިން މައްޗަށް

Author
އަހުމަދު
19 މެއި 2026 04:14
0

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3020 އަށް އަރައިފިކަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 292 އަންހެނުންނާއި 211 ކުޑަކުދިން ހިމެނޭއިރު، ހަނގުރާމައިގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ބޯހިޔާވަހިކަން ހޯދަމުންދަނީ ބައިރޫތުގެ މަގުތަކާއި ކަނޑުގެ އައްސޭރިފަށުގައި ޖަހާފައިވާ ޓެންޓުތަކުގައެވެ.

ހިޒްބުالله އިން އިސްރާއީލަށް ދިން ހަމަލާތަކަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް އަރައިގަނެ ވެރިރަށް ބެއިރޫތާއި އެހެނިހެން ސަރަހައްދުތަކަށް ބޮން އަޅާފައެވެ. އިސްރާއީލުން ބުނާގޮތުގައި އެގައުމުގެ އަމާޒަކީ ހިޒްބުاللهއިން އަލުން ހަތިޔާރު އެއްކުރުން ހުއްޓުވުމެވެ. ނަމަވެސް ހިޒްބުالله އިން ދަނީ ހަތިޔާރު ނައްތާލުމަށް ލުބުނާނު ސަރުކާރުން ކުރާ ޕްރެޝަރަށްވެސް ދެކޮޅު ހަދަމުންނެވެ. މީގެ އިތުރުން އިސްރާއީލުން ދަނީ ލުބުނާނުގެ ބިމަށާއި އިސްރާއީލުގެ އުތުރުގެ ބޯޑަރު ސަރަހައްދުތަކަށްވެސް އަމާޒުކޮށް ހަމަލާތައް ބަދަލުކުރަމުންނެވެ.

އިސްރާއީލުގެ ސިފައިން އަދިވެސް ލުބުނާނުގެ ދެކުނުގެ ބޮޑެތި ސަރަހައްދުތަކުގައި ތިބިއިރު، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ދަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. މި މަޝްވަރާތަކުގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައިވީ ނަމަވެސް، މި މަޝްވަރާތަކުގައި ހިޒްބުالله އިން ބައިވެރިނުވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.