އަލަށް އިންތިހާބުވި ލޯކަލް ކައުންސިލަރުންނާއި މާލެ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް މިއަދު މަގާމުގެ ހުވާކުރައްވައިފިއެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ މަގާމުގެ ހުވާކުރައްވައި، އިގުރާރުގައި ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމްއެވެ. އޭގެ ފަހުން މާލެ ސިޓީ ކައުންސިލަށް ދެން އިންތިހާބުވި ކައުންސިލަރުންވެސް ވަނީ އެ ބޭފުޅުންގެ މަގާމުގެ ހުވާކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. މޭޔަރާއި ކައުންސިލަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
ކައުންސިލަރުން މަގާމުގެ ހުވާކުރައްވައި ނިމުމުން، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަލަށް އިންތިހާބުވި މެންބަރުންވެސް ވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ހާއްސަ އިގުރާރުގައި ސޮއިކުރައްވާފައެވެ. މިއާއެކު އާ ކައުންސިލްގެ މަސައްކަތްތައް ރަސްމީކޮށް މިވަނީ ފެށިފައެވެ.
ކޮމެންޓު ފޮނުވާ