މިފްކޯގެ އާ ސީއީއޯއަކަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ އާ ސީއީއޯއަކަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް އައްޔަނުކުރައްވައިފި

Author
އަހުމަދު
30 އޭޕްރިލް 2026 10:59
0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުން އިސްތިއުފާދެއްވި މުހައްމަދު އަނަސް، ސަރުކާރުގެ މައި މަސް ކުންފުނި (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް މިއަދު އައްޔަނުކުރައްވައިފިއެވެ.

މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ޕީސީބީގެ ރައީސްކަމާ ހަވާލުވެވަޑައިގަތް އަނަސް، އެ މަގާމުން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ. އޭނާ މިފްކޯގެ އެންމެ އިސް މަގާމަށް ހަމަޖެއްސެވިއިރު، މިއީ މި ހިނގާ ސަރުކާރުގައި އެ ކުންފުންޏަށް އައްޔަނުކުރެއްވި ހަތަރުވަނަ ސީއީއޯއެވެ. އަނަސްގެ ކުރިން މި ސަރުކާރުގައި މިފްކޯ ހިންގުމާ ހަވާލުވެވަޑައިގަތީ އަހުމަދު ޝަމާހު އާއި ޑރ. ވިޓަލީ ލިއުބިމޯވްގެ އިތުރުން ފަރުހަތު ޝަހީރެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މި ކުންފުނި އުފައްދާފައިވަނީ، މީގެ ކުރިން ސަރުކާރުން ހިންގި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގައި ހިނގައިދިޔަ ބޮޑު ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން 1993 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.