"ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
30 އޭޕްރިލް 2026 01:20
0

ސަރުކާރުގެ "ގޯތިގެދޮރު" ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދާ "ބިންވެރިޔާ" ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ކެޓަގަރީގެ ދަށުން ސިންގަލް އެޕްލިކަންޓުންނަށް ފުލެޓަށް އެދެވޭނެއެވެ. އަދި ޖޮއިންޓްކޮށް ހުށަހަޅާ ފަރާތްތަކަށް ގޯއްޗާއި ފުލެޓަށްވެސް އެދި އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ދިރިއުޅުމަށް ބިން ދޫކުރުމުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިން 1،250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދުން 7،900 ފުލެޓު ދޫކުރުމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ޕްރޮގުރާމުގައި ބައިވެރިވެ، ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.