ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރަކަށް ޢަފީފް އައްޔަންކުރައްވައިފި

ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރަކަށް ޢަފީފް އައްޔަންކުރައްވައިފި

Author
އަހުމަދު
27 އޭޕްރިލް 2026 06:22
0

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މުޙައްމަދު ޢަފީފް ޙުސައިން މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ. މިއީ މި ސަރުކާރުން އެ ކުންފުނީގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވި ތިންވަނަ ފަހަރެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފެނަކައިގެ އެމްޑީކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި މުއާޒު މުހައްމަދު ރަޝީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވާފައެވެ. އޭގެ ފަހުން އެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ނަޖާހު، މި މަހުގެ ހަވަނަ ދުވަހު ވަނީ މަގާމުން ވަކިކުރައްވާފައެވެ. ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ފެނަކައިގެ ބޯޑު މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާނީ މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސައިންނެވެ.

މަގާމާ އަލަށް ހަވާލުވެވަޑައިގަތް މުޙައްމަދު އަފީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. މީގެ އިތުރުން، ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަންކަން ވެސް އޭނާ ވަނީ މީގެ ކުރިން އަދާކުރައްވާފައެވެ. ތައުލީމީ ރޮނގުން ބައްލަވާއިރު، އަފީފް ވަނީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ވެސް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.