ކަރަންކާ މަގުގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް

ކަރަންކާ މަގުގައި ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް

Author
އަހުމަދު
19 އޭޕްރިލް 2026 03:32
0

މާލޭގެ ކަރަންކާ މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި މި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ހާދިސާ ހިނގުމާއެކު އޭނާ ވަނީ ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސީދާ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.