މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުން: 4 ވަނަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުން ފަށައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުން: 4 ވަނަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުން ފަށައިފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 11:43
0

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ ބޮޑު މަޝްރޫއުގެ ދަށުން، އެ މަގުގެ ހަތަރުވަނަ ސެގްމަންޓުގައި ޝީޓް ޕައިލްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، މާލޭގެ އުތުރު ފަރާތުގެ ތޮށިގަނޑު ވަރުގަދަކޮށް މަގު ފުޅާކުރުމަށް ކުރާ މި މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. ހަތަރުވަނަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތުގެ އިތުރުން، ފަސްވަނަ ސެގްމަންޓުގެ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން، އެ ސަރަހައްދުގައި ބިން ހިއްކުމާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ އިތުރުން، އެންކަރު ހަރުކުރުމާއި ކޭބަލް އެޅުމަށް ބޭނުންވާ ޓްރެންޗް ކޮނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އާންމުންގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަކޮށް ހަރުދަނާކުރުމެވެ. މި ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ޖުމުލަ 380 މީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.