މާލޭގެ މަގެއް މަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮއްވައި ފެނުނު އިންޑިއާ މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 ހާއިރުއެވެ. ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި ވެއްޓިފައި އޮތް މި ފިރިހެން މީހާ ފެނުމާއެކު، ފުލުހުން ވަނީ ވަގުތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ނިޔާވެފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިހާތަނަށް ބެލިބެލުމުން މި މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ