އާ ޓެކްސީލައިންގެ ހިދުމަތް ކުރިއަށް އޮތް 7 ދުވަހަށް ހިލޭ، ތަފާތު 3 ސައިޒެއްގެ ކާރުތަކާއެކު

އާ ޓެކްސީލައިންގެ ހިދުމަތް ކުރިއަށް އޮތް 7 ދުވަހަށް ހިލޭ، ތަފާތު 3 ސައިޒެއްގެ ކާރުތަކާއެކު

Author
ހުސައިން
03 އޭޕްރިލް 2026 10:41
0

ސަރުކާރުން އަލަށް ތައާރަފުކުރި "ޓެކްސީލައިން" ހިދުމަތް ކުރިއަށް އޮތް ހަތް ދުވަހުގެ މުއްދަތަށް އާންމުންނަށް ހިލޭ ދޭގޮތަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި މި ހިދުމަތުގައި ބޭނުންކުރުމަށް ތިން ސައިޒެއްގެ އުޅަނދު ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މާލޭގެ ހަނި ގޯޅިތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ލޫމިން މަރުކާގެ 70 ކާރެވެ. މީގެ އިތުރުން ޑީޕަލް S05 މަރުކާގެ 60 ކާރާއި، ޑީޕަލް S07 މަރުކާގެ 20 ކާރުވެސް މި ފްލީޓުގައި ހިމެނެއެވެ.

މި ހިދުމަތުގައި ބޭނުންކުރާ ޑީޕަލް S05 އަދި S07 މަރުކާގެ ކާރުތަކަކީ ހަތަރު ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެހެން ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އަދި މި ދެ މަރުކާގެ ކާރުތަކުގައިވެސް ލަގެޖު އެރުވުމަށްޓަކައި ކާރުގެ ފަހަތުގެ އިތުރުން ކުރީކޮޅުގައިވެސް ޖާގަ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ކުދި ސައިޒުގެ ލޫމިން މަރުކާގެ ކާރުތަކުގެ ޑިކީގައިވެސް ކުދި ސައިޒުގެ ލަގެޖުތައް އުފުލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.