ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ބޮޑު، ނަމަވެސް ކިޔެވުމަށް ބުރޫނާރާނެ

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ބޮޑު، ނަމަވެސް ކިޔެވުމަށް ބުރޫނާރާނެ

Author
ޙަސަން މުޙައްމަދު
03 އޭޕްރިލް 2026 10:40
0

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ޔަގީންކަން ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ދެއްވައިފިއެވެ.

ރޭ މެންދަމު 12:30 ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލެވިފައިވަނީ ރޭގަނޑު 2:00 ޖެހިފަހުންނެވެ. މި ހާދިސާގެ ސަބަބުން އެ ސްކޫލުގެ ޕްރައިމަރީ މުދައްރިސުން ބޭނުންކުރާ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމެއްގެ އިތުރުން ކްލާސްރޫމެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. މުޅި އެ ބްލޮކް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން ވަޒީރު ޑރ. ޝަފީއު ވަނީ، މިއީ ތައުލީމީ ދާއިރާއަށާއި އެ ސްކޫލަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިފަދަ ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް، ސްކޫލުގެ ކަންކަން އާންމު ހާލަތަކަށް ގެނައުމަށްޓަކައި ސަރުކާރުން މިހާރު ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ހަފުތާގެ ކްލާސްތައް ފެށުމުގެ ކުރިން މުދައްރިސުންނަށް ބޭނުންވާނެ މޭޒާއި ގޮނޑީގެ އިތުރުން ކޮމްޕިއުޓަރު ސިސްޓަމްތަކާއި ޕްރިންޓްކުރުމަށް ބޭނުންވާ މެޝިނަރީޒް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.