މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އައްޑޫ ސިޓީއަށް ތައާރަފުކުރަނީ

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އައްޑޫ ސިޓީއަށް ތައާރަފުކުރަނީ

Author
ހުސައިން
02 އޭޕްރިލް 2026 11:40
0

މި އަހަރުތެރޭ އައްޑޫ ސިޓީގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ފެށުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މާލޭގައި މި ޚިދުމަތް ފެށި ފެންވަރުގައި ހަމަ އެ ގޮތަށް ވަރަށް އަވަހަށް އައްޑޫ ސިޓީގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ޤާއިމްކޮށްދޭނެ ކަމަށެވެ. އަދި އައްޑޫ ރައްޔިތުން ވެސް މި ޚިދުމަތަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވައި، ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ޓެކްސީ ލައިންގެ ޚިދުމަތަކީ، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި، އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށްދެއްވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރޭވިފައިވާ ބަދަލުތަކުގެ ތެރެއިން މުހިންމު އެއް ފިޔަވަޅެއް ކަމަށް ވެސް އަމީން ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.