ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ރައްޔިތަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އިމްރާން ޕާޝާ އާއި 27 އަހަރުގެ ކްރިސް އެމްބްރީސިޔާއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި އިއްޔެ ކްރިމިނަލް ކޯޓަށް މި ދެމީހުން ހާޒިރުކުރުމުން ވަނީ، އެމީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ދެމީހުން ރާއްޖެ އައިއިރު ގެނައި ދެ ލަގެޖެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅިއެއް ވަނީ ފެނިފައެވެ. އަދި އެ ފުޅިތަކުގައި ޖުމްލަ 2.4 ކިލޯގެ ކެނަބިސް ހުރިކަން ވަނީ ކަށަވަރުވެފައެވެ.
ކޮމެންޓު ފޮނުވާ