އެއްވެސް ހެއްކެއް ދެއްކުމެއް ނެތި، އަލްގައިދާ ޖަމާއަތުގެ މައި މަރުކަޒަކީ މިހާރު އިރާންކަމުގައި، ޓްރަމްޕްގެ ވެރިކަން ނިމިދުއުމާއެކު މަގާމު ދޫކުރައްވަން ހަމަޖެހިފައިވާ، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއެޖެއެވެ.
ޕޮމްޕިއޯގެ މި ތުހުމަތުތައް އިރާނުންވަނީ ވަގުތުން ދޮގު ކޮށްފައެވެ.
އެމެރިކާގެ ވޮޝިންޓަންގ ޑީސީގައި ވާހަކަ ދައްކަވަމުން، ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ވިދާޅުވެފައިވަނީ، އަލަގައިދާ ޖަމާއަތުގެ ލީޑަރޝިޕް މިހާރުވަނީ އިރާނުގެ ވެރިރަށް ތެހެރާނަށް ޖަމާވެ އެތަނުގައި ހަރަކާތްތެރިވާން ފަށާފައި ކަމުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، އަލްގައިދާގެ ލީޑަރު، އައިމަން އަލް ޒަވާހިރީގެ ހުރިހާ ނާއިބުންވެސް މިހާރު ތިބީ އިރާނުގެ ވެރިރަށް ތެހެރާނުގައި ކަމުގައެވެ. އެހެންނަމަވެސް، ޕޮމްޕެއޯގެ މިހުމަތުތަކާ ދޭތެރޭ އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީއާއި އަދި ކޮންގްރެސްގެ މެމްބަރުންގެ މެދުގައި މާބޮޑު ޔަގީންކަމެއް އަދި ނެތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
"އަލްގައިދާ އަށް މިހާރުވަނީ އެމީހުން ހަރަކާތްތެރިވާނެ އާ ހިޔާވައްސެއް ލިބިފަ. އެއީ އިސްލާމިކް ރިޕަބްލިކް އޮފް އިރާން،" އެމެރިކާގެ ނޭޝަނަލް ޕްރެސް ކްލަބުގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވެފައި ވެއެވެ.
"އަހަރެން ބުނަން ބޭނުންވަނީ އިރާނަކީ ހަގީގަތުގައި އާ އަފްއާނިސްތާން ކަމުގައި–އެއީ އަލްގައިދާނެ މިހާރުގެ މައި މަރުކަޒު–އަދި ހަގީގަތުގައި އަފްއާނިސްތާނަށްވުރެ ހާލަތު މާގޯސްތަނެއް މިހާރު އެއީ،" ޕޮމްޕެއޯ ވިދާޅުވިއެވެ. "އަފްއާނިސްތާނުގައި އަލްގައިދާ ހަރަކާތަތެރި ވަމުން އައީ، ފަރުބަދަތަކުގެ ތެރޭގައި ފިލާ ތިވެގެން. އެހެންނަމަވެސް، އެއާ ޚިލާފަށް، އިރާނުގައި އަލްގައިދާ ހަރަކާތްރެރިވަމުން އަންނަނީ، އެގައުމުގެ ސަރުކާރުގެ ފުރިހަމަ ހިމާޔަތުގައި،"
މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރު ފުިުހަމަ ވުމާއެކު، މަގާމުން ދުރަށް ވަޑައިގަންނެވުމަށް ހަމަޖެހިފައިވާ، ޕޮމްޕެއޯ ވިދާޅުވެފައިވަނީ، ބައިނަލް އަގުވާމީ މުޖުތަމައުން އިރާނަށް އިތުރަށް ޕްރެޝަން ކުރިމަތި ކުރުވުމަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް، އިރާނާ ދެކޮޅަށް އަސްކަރީ ފިޔަޅު އެޅުމަށް އެނާ ގޮވާލައްވާފައި ނުވާއިރު، ވިދާޅުވެފައި ވަނީ، "އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބޭނުންވާނަމަ އެކަންވެސް ކުރަންވީ، އެހެންނަމަވެސް، އެކަން ކުރުމުގައި ބޮޑެތި ރިސްކުތައް އެބަހުރި."
ޕޮމްޕެއޯގެ މި އާތުހުމަތުތައް ދޮގުކުރައްވަމުން އިރާނުގެ ފޮރިންގ މިނިސްޓަރު ޖަވާދު ޒާރިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މިއީ "ބޮޑު ދޮގެއް" ކަމުގައެވެ.
From designating Cuba to fictitious Iran "declassifications” and AQ claims, Mr. “we lie, cheat, steal" is pathetically ending his disastrous career with more warmongering lies.
No one is fooled. All 9/11 terrorists came from @SecPompeo's favorite ME destinations; NONE from Iran.
— Javad Zarif (@JZarif) January 12, 2021
ވެރިކަމުން ދުރަށް ވަޑައިގަތުމަށް އެންމެ 8 ދުވަހަށް ވެފައިވާ، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް އިހުނަށްވުރެވެސް، ހަރުކަށި، އަދި މީގެކުރިން ހީކުރެވިފައިނުވާ ފަދަ ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަތާތްތަކުން ގަބޫލުކުރެއެވެ.
އެމެރިކާއިންވަނީ، ފާއިތުވެދިޔަ ޑިސެމްބަރު މަހުގައި، B-52 މަރުކާގެ ބޮންއަޅާ ފައިޓަރ ޖެޓްތައް 3 ފަހަރެއްގެ މަތިން ގަލްފު ސަރަހައްދުގެ މަތިން އުދުއްސާލާފައެވެ. މި ބޯޓުތައް އުދުއްސާފައިވަނީ، އިރާނުގެ އިސް ކޮމާންޑަރު ގައްސާމް ސުލައިމާނީ ޓްރަމްޕްގެ އޯޑަރަށް އަވަހާރަކޮށްލިތާ 1 އަަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އިރާނުން ދީފާނެ ހަމަލައަކުން ސަލާމަތްވުމަށް، އެގައުމަށް ދިން އިންޒާރެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ