ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހައިސްޕީޑް ފެރީގެ ޚިދުމަތް މާދަމާ ހައްދުންމަތީ (ލ. އަތޮޅު) ގައި ފަށަން ނިންމައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މި ޚިދުމަތް އެ އަތޮޅުގައި ރަސްމީކޮށް ފެށުމަށްޓަކައި މާދަމާ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެ ކުންފުނިން ވަނީ ދާދިފަހުން ލ. ދަނބިދޫ އަދި މާބައިދޫގައި ޚާއްސަ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މިދިޔަ މަހުގެ ތެރޭގައި ފ. އަތޮޅާއި ދ. އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ވަނީ ފަށާފައެވެ. ރާއްޖޭގެ ރަށްތައް ގުޅާލުމަށް 2022 ވަނަ އަހަރު ތަޢާރަފުކުރި މި ނިޒާމުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 133 ރަށަކަށް އަންނަނީ ކާމިޔާބުކަމާއެކު ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ލ. އަތޮޅަށް މި ޚިދުމަތް ފުޅާވުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ކޮމެންޓު ފޮނުވާ