އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް އައްޔަންކުރައްވައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް އައްޔަންކުރައްވައިފި

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 05:17
0

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. އިބްރާހީމް ޔާސިރު އަހްމަދު އެ މަގާމުން ވަކިކުރެއްވުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދީލް ނަސީރު އެ ހޮސްޕިޓަލުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފިއެވެ.

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައި، އެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ޑރ. އަދީލް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ސިޔާސީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ޑރ. އަދީލަކީ ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. އަދި އޭނާ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުންވެސް ވާދަކުރައްވާފައެވެ.

މީގެ އިތުރުން، އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ނިންމެވުމަށްފަހު، އެންމެ ފަހު ވަގުތު އޭނާ ވަނީ ނަންސާބު އަނބުރާ ގެންދަވާފައެވެ. އޭއީއެޗްގެ ސީއީއޯ ކަމަށް ޑރ. އަދީލް އައްޔަންކުރެއްވިއިރު، އެ މަގާމުން ވަކިކުރެއްވި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު އެ ހޮސްޕިޓަލާ ގުޅިވަޑައިގަތީ މާޗު 17، 2024 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.