ވިލިމާލޭގައި ދިރާގުގެ ޕާޓްނަރ ފިހާރައެއް ހުޅުވައި، ޚާއްޞަ އޮފަރތަކެއް ތަޢާރަފުކޮށްފި

ވިލިމާލޭގައި ދިރާގުގެ ޕާޓްނަރ ފިހާރައެއް ހުޅުވައި، ޚާއްޞަ އޮފަރތަކެއް ތަޢާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 01:05
0

ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދިރާގުގެ ޚިދުމަތްތައް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، އެ އަވަށުގައި ދިރާގުގެ ޕާޓްނަރ ފިހާރައެއް ހުޅުވައިފިއެވެ.

ވިލިމާލޭ މުޙްޔިއްދީން ސްކޫލް ކުރިމަތީގައި ހުންނަ "ނެކްސް ޕްރައިވެޓް ލިމިޓެޑް" މެދުވެރިކޮށް މިހާރު ދިރާގުގެ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. މިއާއެކު، ދިރާގުގެ ޚިދުމަތްތައް ހޯދުމަށް ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، އެއް ތަނަކުން ފަސޭހަކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

މި ފިހާރައިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ނެގުން ހިމެނެއެވެ. މީގެ އިތުރުން ޕްރީޕެއިޑް ރީޗާޖުކުރުމާއި ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ވެސް މި ފިހާރައިން ފަސޭހަކަމާއެކު ލިބޭނެއެވެ.

މި ފިހާރަ ހުޅުވުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ ލިމިޓެއްނެތް ފައިބަރ 20 އެމް އިން ފެށިގެން މަތީގެ ޕެކޭޖުތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓަރާއި ޚިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވީހާވެސް ކައިރިން، އަވަސްކަމާއި ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.