ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ސިފައިންގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރަ ޖެނެރަލް ޢަބްދުުﷲ ޝަމާލްއާއި، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ޔުނިޓްގެ ކޮމާންޑަރު ކާނަލް ނަސްރުއްالله އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް މިބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލު މަޖިލީހުގެ އިދާރާއިންވެސް އަދި އެމްއެންޑީއެފުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވައިފި pic.twitter.com/9I6ffW7DIT
— People's Majlis (@mvpeoplesmajlis) October 11, 2020
ރައީސް ނަޝިދު ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވާއިރު މިދަނޑިވަޅަކީ އިންޑިއާއިން ރާއްޖެއަށް ނުފުޒު ފޯރުވަމުން ގެންދާކަމަށް ތުހުމަތުކޮށް ގިނަ ބަޔެއްގެ ފަޑުކިއުން އަމާޒުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި އަސްކަރީ ގޮތުން ހަރަކާތްތެރިވުމާއި ދެކޮޅަށް ގިނަބަޔަކު ޝުޢޫރު ފާޅުކުރަމުން ގެންދާއިރު، ރައީސް ނަޝީދާއި ސަރުކާރުން ދަނީ އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓު ފޮނުވާ