ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް، ހަމައެކަނި އިރުގެ ހަކަތައިން ފެން އުފެއްދުމުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ނިމި، ޓެސްޓިންގ މަރުހަލާ ކުރިޔަށް ދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވެއްޖެއެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން 2025 ވަނަ އަހަރު ފެށި މި މަޝްރޫޢު ހިންގަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ކަމުގައެވެ. އަދި ޓެސްޓިންގ ނިމުމުން، އަންނަ އެޕްރީލް މަހުން ފެށިގެން ރަށަށް ބޭނުންވާ ވަރަށް ފެން، ޑީސަލާ ނުލައި، ގެނެސްދެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މަތީން ވިދާޅުވެފައިވަނީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރެވޭ މިދަނޑިވަޅުގައި، ސަރުކާރުން ފާހަގަކޮށްފައިވަނީ، މޫސުމީ ބަދަލުތަކާއި ޤުދުރަތީ ކާރިސާ އަދި ދުނިޔޭގެ ހަމަނުޖެހުންތަކާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭ، ރަނގަޅު ފެނުގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ކުޅުދުއްފުށީ މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ރަށްތަކުގައި ދެމެހެއްޓެނިވި ތަރައްޤީ ހަޤީޤަތަކަށް ހެދުމަށް ކުރެވުނު ބޮޑު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ކޮމެންޓު ފޮނުވާ