ފެނަކަ ކޯޕަރޭޝަނުން ހއ. މުރައިދޫ އަދި ހއ. ތަކަންދޫއަށް 250 ކިލޯވޯޓުގެ ދެ ޖެންސެޓް ފޮނުވައިފި އެވެ.
މި ދެ ޖެންސެޓް އެ ރަށްރަށަށް ގެންދެވިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މިހާރު ކުރިއަށް ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ފެނަކައިން ބުނީ މި މަސް ނިމުމުގެ ކުރިން ޖެންސެޓްތައް ޚިދުމަތަށް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި ޖެންސެޓް އިންސްޓޯލްކޮށް ނިމުމުން، މުރައިދޫގެ އިންސްޓޯލް ކެޕޭސިޓީ 620 ކވ ން 750 ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 375 ކވ ން 490 ކވ އަށް އިތުރުވެގެންދާނެ އެވެ. ތަކަންދޫގައި ނަމަ، އިންސްޓޯލް ކެޕޭސިޓީ 480 ކވ ން 650 ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 310 ކވ ން 450 ކވ އަށް އަރާނެ ކަމަށް ފެނަކައިން ބުނެ އެވެ.
ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފޮނުވި މި ޖެންސެޓްތަކާ އެކު، ދެ ރަށުގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ