ބޮޑު ކަންނެލި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޭން ފަށައިފި

ބޮޑު ކަންނެލި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޭން ފަށައިފި

Author
އަހުމަދު
23 މާރޗް 2026 01:44
0

ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށްވެސް އެސްޓީއޯ މެދުވެރިކޮށް ސަބްސިޑީ އަގުގައި ތެޔޮ ވިއްކަން ސަރުކާރުން މިއަދު ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، މިއަދުން ފެށިގެން ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޓާމިނަލްގެ އިތުރުން ކ. ހިންމަފުށީ އެފްއެސްއެމް ޝެޑުން، ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކަށް ހެޔޮ އަގުގައި ތެޔޮ ލިބެން ހުންނާނެއެވެ.

މި މުހިންމު ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން ދިވެހި މަސްވެރިންނަށް ކުރިމަތިވާ މާލީ ދަތިތައް ކުޑަކޮށްދިނުމުގެ ބޭނުމުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް، ކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާ މަޝްވަރާކުރެއްވުމަށްފަހު، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.