ގަތަރުގެ އަސްކަރީ ހެލިކަޕްޓަރެއް ގަލްފުގެ ކަނޑަށް ވެއްޓި، އޭގައި ދަތުރުކުރި މީހުންގެ ތެރެއިން ހަ މީހަކު މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ހެލިކަޕްޓަރު ވެއްޓުނުއިރު އޭގައި ޖުމްލަ ހަތް މީހަކު ދަތުރުކުރަމުން ދިޔައެވެ. މީހާރު ކުރިއަށްދާ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި މިހާތަނަށް ހަ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިފައިވާއިރު، ގެއްލުނު ހަތްވަނަ މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ގަތަރުގެ އަސްކަރިއްޔާއިން ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން ހެލިކަޕްޓަރު ދަތުރުކުރި މަންޒިލާއި އޭގެ ބޭނުމަކީ ސިއްރެއްގެ ގޮތުގައި ވަނީ ހިފަހައްޓާފައެވެ. މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ހިނގި މި ހާދިސާގެ އިތުރު ތަހުގީގުތައް މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ