އުމްރާއަށް ގޮސް ހުރި އިތުރު ދިވެއްސަކު މައްކާގައި ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި އިތުރު ދިވެއްސަކު މައްކާގައި ނިޔާވެއްޖެ

Author
އައިޝަތު އަޙްމަދު
21 މާރޗް 2026 08:02
0

ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސް ހުރި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ މ. ވެލިވަނި، އިބްރާހިމް ރަޝީދެވެ. އޭނާ ނިޔާވީ މި އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް މައްކާގައި ހުއްޓައެވެ.

މިއީ މި ހިނގާ ރަމަޟާން މަހުގެ ތެރޭގައި އުމްރާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ނިޔާވި ދެވަނަ ފަހަރެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އުމްރާގެ އަޅުކަމުގައި ހުރި ދިވެއްސަކު ނިޔާވެފައެވެ. އެ ފަހަރު ނިޔާވެފައިވަނީ ހިޖާޒު ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ ގދ. ނަޑައްލާ، އަލީ އިބްރާހީމް ދީދީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.