އައްޑޫގައި އޮތް އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުންކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ މޭޔަރާއި ކައުންސިލާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވާލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، ރައްދުދެއްވާ ޑރ.ޖަމީލް ވިދާޅުވީ، ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއްކަމަށާއި، ނަމަވެސް މިސަރުކާރުގެ މިދިޔަ 2 އަހަރުތެރޭގައި ޤަޢުމްވީ ފަޤީރުކަމަށެވެ. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނުކަމަށާއި، އައްޑޫ ރައްޔިތަކަށް ވަޒީފާއެއްވެސް މިސަރުކާރުން ދީފައިނުވާކަމަށެވެ.
ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އާއިލާއަށް ހުރިހާ މަޤާމެއް. ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް
-ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
… ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް. 2/2 pic.twitter.com/1jR9zCbPHZ
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
އައްޑޫގެ މޭޔަރުކަމާއި ކައުންސިލު އެމްޑީޕީއަށް ލިބިއްޖެނަމަ މުޅި ދުނިޔެއާ އައްޑޫ ގުޅިގެން ހުޅުވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއިރު، އައްޑޫ ކައުންސިލްގައި އެންމެ މެންބަރެއް ފިޔަވާ މުޅިންވެސް ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ