އަންހެނުންގެ ދުވަހު މެޑަމް ސާޖިދާގެ ޚާއްޞަ އިލްތިމާސެއް: ކޮންމެ އަންހެނަކަށް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދެއްވާ!

އަންހެނުންގެ ދުވަހު މެޑަމް ސާޖިދާގެ ޚާއްޞަ އިލްތިމާސެއް: ކޮންމެ އަންހެނަކަށް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދެއްވާ!

Author
އަހުމަދު
08 މާރޗް 2026 11:00
0

 

ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި އިންސާފު ލިބިދިނުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މާރޗް 8 ވަނަ ދުވަހު ފާހަގަކުރެވުނު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެކަމަނާ ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި، ދިވެހި ކަނބަލުން ޤައުމީ ތަރައްޤީއާއި އާއިލީ ދިރިއުޅުމުގައި އަދާކުރަމުންދާ މަތިވެރި ދައުރަށް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ. ދިވެހި ޢާއިލާތައް ތަރުބިއްޔަތުކޮށް މުޖުތަމައުތަކަށް މަގުދައްކައިދެމުންދާ ހިތްވަރުގަދަ ކަނބަލުންގެ އަގު ވަޒަންކުރައްވައި، އެކަމަނާ ވިދާޅުވީ މި ދުވަހުގެ ތަހުނިޔާ ފޮނުއްވަނީ އެ ހުރިހާ ކަނބަލުންގެ ޚިދުމަތް ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަވައި ކަމަށެވެ.

މެޑަމް ސާޖިދާ ވަނީ ވަކި ޖިންސަކަށް ވީތީ ޙައްޤުތައް ހަނިކުރުމުގެ ބަދަލުގައި، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ހަމަހަމަ ފުރުޞަތާއި އިޙްތިރާމް ލިބޭ މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތި، އެންމެންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަކީ މުޅި މުޖުތަމައުގެ އެއްބައިވަންތަ އަމާޒަކަށް ހެދުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

ކޮންމެ އަހަރެއްގެ މާރޗް 8 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތަކާއި މުޖުތަމައުގައި އެ ކަނބަލުންގެ ދައުރު ފާހަގަކުރުމަށް ތަފާތު ޙަރަކާތްތައް ހިންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.