އީރާނުގެ ރޫހީ ލީޑަރު އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފި

އީރާނުގެ ރޫހީ ލީޑަރު އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފި

Author
އަހުމަދު
01 މާރޗް 2026 07:01
0

އީރާާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ދައުލަތުގެ ބްރޯޑްކާސްޓަރު 'އައި.އާރް.އައި.ބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީރާނުގެ ރޫހީ ލީޑަރު ވަނީ ޝަހީދުގެ ދަރަޖަ ހޯއްދަވާފައެވެ."

ދައުލަތާ ގުޅުންހުރި 'މެހެރް' ނިއުސް އިން ބުނެފައިވަނީ "މި މަތިވެރި އިލްމުވެރިޔާ އަދި މުޖާހިދު ވަނީ އީރާން ކުރިއެރުވުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކުރައްވާފައި… އަދި އޭނާ ވަނީ މަތިވެރި ޝަހީދުންގެ އަރިހުގައި" ކަމަށެވެ. ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން އީރާނުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެ ދެ ގައުމުން ބުނެފައި ވަަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.