އެމެރިކާ އާއި އިސްރާއީލުން "ގިނިކަންޏާ" ހިންގާ އަސްކަރީ ހަރަކާތްތަކާ ސްޕެއިން ދެކޮޅު

އެމެރިކާ އާއި އިސްރާއީލުން "ގިނިކަންޏާ" ހިންގާ އަސްކަރީ ހަރަކާތްތަކާ ސްޕެއިން ދެކޮޅު

Author
ޙަސަން މުޙައްމަދު
28 ފެބްރުއަރީ 2026 07:00
0

އެމެރިކާ އާއި އިސްރާއީލުން، އެހެން ފަރާތްތަކުގެ ބައިވެރިވުމެއް ނެތި އަމިއްލައަށް ނިންމައިގެން (ޔުނިލެޓަރަލްކޮށް) ހިންގާ އަސްކަރީ ހަރަކާތްތަކަކީ ހަމަނުޖެހުން އިތުރުވެ، ބައިނަލްއަޤްވާމީ މަސްރަހު އިތުރަށް ނުތަނަވަސްވެ ހަތުރުވެރިކަން އުފެދިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސަންޗޭޒް ވަނީ އީރާން ސަރުކާރާއި ރިވޮލިއުޝަނަރީ ގާޑުގެ އަމަލުތައްވެސް ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ގޮވާލަނީ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.