ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި

ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި

Author
އަހުމަދު
19 ފެބްރުއަރީ 2026 11:53
0

ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި، ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި އާންމުކޮށް ފެންނަހެން ރެސްޓޯރެންޓްތައް ހުޅުވައިގެން ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި "ރަމަޟާން މަހުގެ މަތިވެރިކަން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރޯދަ މަހުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފަތުރުވެރިކަން އޮތް ރަށްރަށުގައި ފަތުރުވެރިންނަށް ކާންދޭންވާނީ ހާމަކަން ބޮޑު ގޮތެއްގައި ނޫންކަމަށާއި، އެކަމަށް ޚާއްސަ ކުރެވިފައިވާ ތަންތަނުގައި ނިވާކަން ހުރި ގޮތަށް އިންތިޒާމުތައް ހަމަޖެއްސިދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ހުރިއިރު، ރަށު ކައުންސިލްތަކުން އެކަންކަން ތަންފީޒުކުރަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދީނަށްވުރެ މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި، ރޯދަ މަހުގެ ހައިބަތާއި ޤަދަރު ކުޑަވާގޮތަށް އަމަލުކުރާނަމަ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ދީނަށް އޮންނަ ލޯބި ކުޑަވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ހުކުރު ވަގުތުތަކުގައި ވެސް ވިޔަފާރިތައް ހުޅުވައި ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަނުކުރުމަށާއި، ޤުރުއާނާއި ސުންނަތުގައިވާ މަގުން ކަސިޔާރު ނުވުމަށް ވަޒީރު ވަނީ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.