ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު، މަމްނޫން އަބްދުލްގައްޔޫމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަމްނޫން އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. މަމްނޫނަކީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ އެއްބަފާ ކޮއްކޯފުޅެކެވެ.
މާލެ ސިޓީ ކައުންސިލްގެ ކަށުނަމާދު ޕޭޖުގައި ހާމަކޮށްފައިވާ ގޮތުން، މަރްޙޫމްގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ތަރާވީޙް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ކޮމެންޓު ފޮނުވާ