ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ މި އަހަރު ރާއްޖޭގައި

ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑް ހަފުލާ މި އަހަރު ރާއްޖޭގައި

Author
ޙަސަން މުޙައްމަދު
16 ފެބްރުއަރީ 2026 07:38
0

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މި އަހަރުގެ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ހަފުލާ ރާއްޖޭގައި ބޭއްވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެއަކީ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާއިރު، މިފަދަ ބޮޑު ހަފުލާއެއް ރާއްޖޭގައި އިންތިޒާމު ކުރެވިގެން ދިއުމަކީ މުޅި ގައުމަށް ލިބޭ ޝަރަފެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

މި އެވޯޑްގެ އެކި ކެޓަގަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ 1993 ވަނަ އަހަރުން ފެށިގެން، ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެންމެ ދުވަސްވީ އަދި ބައިނަލްއަގުވާމީ ގޮތުން އެންމެ އިތުބާރު ހިފޭ އެވޯޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.