ބްރިޖާއި އެއާޕޯޓް ގުޅޭ ޖަންކްޝަން ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް ފަރުވާދެނީ

ބްރިޖާއި އެއާޕޯޓް ގުޅޭ ޖަންކްޝަން ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް ފަރުވާދެނީ

Author
އަހުމަދު
15 ފެބްރުއަރީ 2026 08:37
0

ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގުޅޭ ޖަންކްޝަން ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭގަނޑު 23:15 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ކާރަކާއި، ހުޅުމާލެއިން އައިސް އެއާޕޯޓަށް ދާން އޮންނަ މަގަށް އަޅާލި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން އަންނައިރު، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.