އެމްޑަބްލިއުއެސްސީގެ އަމާޒަކީ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމުން

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއް މިއަހަރު ނިންމުން

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 02:16
0

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއްގެ މަސައްކަތް، މިއަހަރުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފައި މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުންޏާ ހަވާލުކޮށްގެން މިވަގުތުވެސް 27 ރަށެއްގައި މަޝްރޫއުތައް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ މީގެ ކުރިން ފަށައި، އެކި ސަބަބުތަކާހުރެ ނުނިމި ދިގުލައިގެން ގޮސްފައިވާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރު އެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވަމުން މަތީން ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ހަވާލުކުރެވިފައިވާ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުން ކަމަށެވެ.

މަޝްރޫއުތައް ލަސްވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން މަތީން ވިދާޅުވީ، ރަށްރަށުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމުގެ ދަތިކަމާއި އެނޫންވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު އެ ގޮންޖެހުންތަކުން އަރައިގަނެ، މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.