ރޭޕާއި ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަންފަށައިފި

ރޭޕާއި ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަންފަށައިފި

Author
ޢަލީ އާދަމް
11 ޖެނުއަރީ 2021 01:56
0

ރޭޕާއި ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަންފަށައިފި އެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ19 އޮކްޓޫބަރުގައި އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބު ދިނުމަށާއި، އްހެނުންނަށްކުރާ ޖިންސީ ފުރައްސާރަތަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ އަންހެން ކަނބަލުންނެވެ.

މުޒާހަރާގެ ބައިވެރިން ޖެންޑަރ މިނިސްޓްރީ ހުންނަ ބިއްލޫރިޖެހިގެ ހިމެނޭ ސަރަހައްދަށް މަޖީދީމަގަށް އެއްވުމާއެކު ފުލުހުން ވަނީ އެމީހުން ފަހަތައް ޖައްސާ، ފާށަނާ ކިލެގެ މަގާއި މަޖީދީމަގު ގުޅޭ ކަންމައްޗަށް ފަހަތަށް ޖައްސާފައެވެ.

ރޭޕަށާއި ޖިންސީ ގޯނާއަށް ސަރުކާރުން ދޭންބުނި ޒީރޯ ޓޮލަރެންސް ކޮބައިތޯ އާއި އިދިކޮޅު ކޯލިޝަންގެ އަންހެން ކަނބަލުން ޖެންޑަރ މިނިސްޓަރީއަށް ފޮނުވި ސިޓީގެ ޖަވާބު ކޮބައިތޯ މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. އެ ސިޓީއަކީ އިދިކޮޅު ކޯލިޝަންގެ އަންހެން ކަނބަލުން މިނިސްޓަރާ ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ސިޓީއެއް ކަމަށް އެ ކޯލިޝަނުން މައުލޫމާތުދެއެވެ.

މުޒާހަރާގެ ބައިވެރިންނަށް އެތަން ދޫކޮށް ދިއުމަށް އިންޒާރު ދިނުމަށްފަހު ބައިވެރިންގެ ތެރެއިން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ މި މުޒާހަރާގެ ތެރެއިން ޖުމްލަ5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުން މިހާރު ވަނީ މުޒާހަރާގެ ބައިވެރިން ފާށަނާ ކިލެގެ މަގު (ބާއިންޖީނުގެ ކުރިމަތި މަގު) އިން ފަހަތަށް ޖެއްސުމަށްފަހު، މުޒާހަރާ ރޫޅާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.