ހިޔާ1 ގެ ފަސްވަނަ ބުރިން ވެއްޓުނު މީހާ ވެންޓިލޭޓަރުގައި

ހިޔާ1 ގެ ފަސްވަނަ ބުރިން ވެއްޓުނު މީހާ ވެންޓިލޭޓަރުގައި

Author
އަހުމަދު
05 ފެބްރުއަރީ 2026 10:05
0

އިމާރާތުން ވެއްޓުނު 60 އަހަރުގެ މީހާ އައިސީޔޫގައި ފަރުވާދެނީ

އުމުރުން 60 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު އިމާރާތަކުން ވެއްޓި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން ހާމަކުރައްވައިފި އެވެ.

އައިޖީއެމްއެޗްގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެއްޓުނު މީހާ މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު މީޑިއާ އޮފިޝަލް ހިއްސާ ނުކުރައްވަ އެވެ.

ހާދިސާ ހިނގި ސަބަބާ ގުޅޭ ގޮތުން ވެސް ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. އެ ވީޑިއޯގައި ސްޓްރެޗާގައި އޮށޯވައިގެން ގެންދާ މީހާގެ ބޮލުގަ އާއި އަތުގައި ބެންޑޭޖް އަޅާފައިވާ ތަން ފެންނަން ހުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.