ގައުމީ ކުޅިވަރު ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ދޭން ފަށައިފި

ގައުމީ ކުޅިވަރު ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ދޭން ފަށައިފި

Author
ހުސައިން
05 ފެބްރުއަރީ 2026 09:17
0

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ދޭން މިއަދުން ފެށިގެން ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި އޮފިޝަލުންނަށް މި އިންޝުއަރެންސް ލިބުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން އެތައް އަހަރެއް ވަންދެން އެދެމުން އައި ކަމެކެވެ. މި ހެލްތު އިންޝުއަރެންސްގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކާއި ތަމްރީނުތަކުގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބި، އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކޮށް، މިދިޔަ މާޗު މަހުން ފެށިގެން ދަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.